ނަވާފު ނާޝަތު ނަސީމަށް ދެ އަހަރު ފުރުނީ މިދިޔަ އޭޕްރީލް މަހުގެ 2 ގައެވެ. މަންމަގެ އުގުގައި ލޯބިން ކުޅެލަ ކުޅެލާ މަޖާކޮށް އުޅުނު ތުއްތު ނަވާފްއަށް އައި ބަދަލާއެކީ އެ މަންމަގެ އުފާވެރިކަން ކެނޑި އޭނާގެ ހިނިތުންވުން ގެއްލިއްޖެއެވެ. އުއްމީދުނުކޮށް ހުއްޓާ ލޯބިން ގެންގުޅުނު ތުއްތު ދަރިފުޅުގެ ބަލި ހާލަތު ދެނެގަނެވުމުން ލޮލުން ކަރުނަ އައެވެ. ދެމަފިރިންނަށް ލިބުނު އެއްޗަކުން ޚަރަދުކޮށްގެން ނަވާފަށް ބޭސްފަރުވާ ކުރަން ފެށިއެވެ. ނަވާފްގެ ބަލި ހާލަތުގެ ވާހަކަ ވަފާ ވަނީ "ވަގުތު" އާ ހިއްސާކޮށްފައެވެ. ނަފާ ބުނިގޮތުގައި އުމުރުން ދެ އަހަރު ވަންދެން ނަވާފްއަކީ އެހެން ކުދިންނެކޭ އެއްގޮތަށް ސިއްހަތު ރަނގަޅު ފުރިހަމަ ކުއްޖެކެވެ. ނަމަވެސް ރޯގާއެއް ޖެހި…